މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓުން ށ އަތޮޅުން ފ އަތޮޅަށް އޮރެންޖު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ވަނީ މިރޭ 19:30 އިން 22:30 އަށް މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މެލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.
މީގެއިތުރުން ބާރަށް ވައިޖެހި ވިލާގަނޑުގައި ގަނޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭން ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.


