Tuesday, 28 July 2026

ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ސާވޭގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޤާއިމްކުރާ 100 އެނދުގެ ހޮސްޕިޓަލުގެ ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި ލެޓަރ އޮފް އެކްސްޗޭންޖްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލީޒިންގ އެވެ.

ވިލިމާލޭގައި ތަރައްގީކުރަން ނިންމައިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފަ އެވެ. އެ މަޝްރޫއު ގައި މިހާރު ކުރިއަށް ދަނީ ޑިޒައިންއާ ޓެކްނިކަލް މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލް އެޅުމަށް ބިން ކަނޑަަައަޅާފައިވާ ކަަމަށާ ޑިޒައިންއާ އެހެނިހެން މަސައްކަތް ނިމި ހޮސްޕިޓަލް މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވިލިމާލޭގައި ޤާއިމްކުރާ ހޮސްޕިޓަލުގައި ސްޕެޝަލައިޒިންގެ އައު ޚިދުމަތްތަކެއް ތަޢާރަފުކުރެވިގެންދާނެއެވެ. މިގޮތުން އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ޚާއްސަ ސެންޓަރެއް ޤާއިމުކޮށް އެފަދަ ބަލިމީހުންގެ ބަލީގެ ހުރިހާ މަރުހަލާއެއްގެ ޚިދުމަތްތައް ހޮސްޕިޓަލުން ލިބެންހުންނާނެކަމަށް ހެލްތްމިނިސްޓްރީން ވަނީ ކުރިން ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *