Tuesday, 28 July 2026

އަންހެނުންތަކެއް އޮޅުވާލައިގެން ގެންގޮސް ކިޑްނެޕްކޮށް ފޭރޭ މައްސަލައެއް ފެންމަތި ވެއްޖެ!

އަންހެނުންތަކެއް އޮޅުވާލައިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ކިޑްނެޕްކޮށް ފޭރޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމީހުން، ފިރިހެނުން ކައިރީގެ އެކި ވާހަކަ ދައްކައި ހައްދާލައިގެން ގެންދަނީ ހިޔާ ފްލެޓެއްގައި ހުންނަ އެމީހުންގެ އެޕާޓްމަންޓަށެވެ. އެތަނަށް ގެންދިޔުމަށްފަހު ދެން އެމީހުން އެމީހަކަށް ބިރު ދައްކައި ފޭރެނީ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އޮޅުވާލައިގެން ހިޔާގެ ޓަވަރެއްގައި ހުއްނަ އެޕާޓްމަންޓަކަށް ގެންގޮސް މީހުން ފޭރެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ ގޮތް ނޭނގޭ މީހުން މިގޮތަށް ތަންތަނަށް ދާން ދައުވަތު ދީ އެދުނު ކަމަށްވިޔަސް ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ.

މިފަހަކަށް އައިސް އޮޅުވާލައިގެން އެކި ގޮތް ގޮތުން މީހުން ފޭރުމުގެ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *