މ. ރަބީއުވިލާ ގޭގައި މަރުވެފައި އޮއްވާ ފެނުނީ، މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ މއ. ބޯޅަކިންކިރީގެ، އަހުމަދު އައިމަން (30އ) ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އައިމަން މަރުވެފައި އޮއްވާ ފެނުނުއިރު، އޭނާ ގެއްލިގެން އާއިލާ އިން ހޯދާތާ ފަސް ދުވަސް ވަނީ ވެފަ އެވެ. އޭނާ ހޯދަން އާންމުންގެ އެހީ އަށް އެދި ފުލުހުން ވަނީ މިއަދު އިއުލާނެއް ވެސް ކޮށްފަ އެވެ.
ރަބިއުވިލާ އަކީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އަލިފާނުގެ ހާދިސާއެއް ވެސް ހިނގި ގެއެކެވެ. މީހުން ނޫޅެ ގިނަދުވަސް ވުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވެފަ ހުރި އެ ގެ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިދިޔަ މަހު 11 ގައި ސަރުކާރުން އޮތީ ބުނެފައެވެ


