އިރާނުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ 3 ދުވަހަށް ބައިދަޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އީރާންގެ ރައީސް ރައީސީ އަވަހާރަވުމާ ގުޅިގެން ރަސްމީ ގޮތުން ހިތާމަފާޅުކޮށް، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ.
އިއްޔެ އައިޒަރުބައިޖާންގައި އޮތް ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓިގެން ރެސްކިއު ޓީމްތަކުން އެ ހެލިކޮޕްޓަރާއި ދަތުރުކުރި މީހުން ހޯދަމުންދަނިކޮއް ފެނިފައިވަނީ މިޔަދު، ހެލިކޮޕްޓަރު ގެއްލުނުތާ 15 ގަޑިއިރު ފަހުންނެވެ.
ރައިސީއާ އެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި، އުތުރު އަޒަރުބައިޖާނު ޕްރޮވިންސްގެ ގަވަރުނަރު މާލިކު ރަހުމަތީ އަދި ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް ވެސް ވަނީ އަވަހަރާވެފަ އެވެ. އިތުރުން ބޮޑީގާޑުންނާއި ހެލިކޮޕްޓަރުގައި މަސައްކަތް ކުރާ މީހުންވެސްވަނީ އަވަހާރަ ވެފައެވެ.
ހެލިކޮޕްޓަރު ފެނުނުއިރު އެ ހެލިކޮޕްޓަރުވަނީ އެއްކޮށް ކަހަލަ ގޮތަކަށް އަނދާފަ ކަމަށާއި އޭގެން ދަތުރުކުރި އެންމެންގެ ހަށިގަޑުތަށް ވެސް ވަނީ އަނދާފައިކަމަށް މީޑިއާ ރިޕޯޓްތަށް ބުނެ އެވެ.
އިރާނުގެ ރައީސް އަވަހާރަވުމާ ގުޅިގެން މިހާރުވަނީ އެގައުމުގެ ނައިބު ރައީސް މޮޚްބެރް ވަނީ ވެރިކަމުގެ ޒިއްމާއާއި ހަވާލުވެ ވަޑައިގެންފަ އެވެ. އެ ގައުމުގެ ގާނޫނު ބުނާގޮތުން އަލުން ވެރިޔަކު ހޮވުމަށް 50 ދުވަސްތެރޭގައި އިންތިހާބު ބާއްވަންޖެހެ އެވެ.


