Tuesday, 28 July 2026

އީރާނުގެ ރައީސް ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ގެއްލުމާއި ގުޅިގެން ރައީސް މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

އީރާނުގެ ރައީސ އާޢި އެ ޤައުމުގެ މަތީ ފަންތީގެ ވަފުދެއް ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާާއާއި ގުޅިގެން ރައީސް ޑރ. މުއިއްޒު "އެކްސް"ގައި ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅާއި ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި 'ރިސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް' ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އަދި ދަތުރުގައި ހިމެނިވަޑައިގަންނަވާ އެންމެހާ ބޭފުޅުން ހެޔޮހާލުގައި އަވަހަށް ފެނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

އީރާނުގެ ތަސްނީމް ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ ރައީސީ، ވެރިރަށް ތެހެރާނާ 375 މޭލު ދުރުގައި އޮންނަ ޖޮލްފާގައެވެ. އެއީ ބޯކޮށް ވާރޭ ވެހި، ދުންފިނި ބޯ ފަރުބަދަމަތީ ސަރަހައްދެއް ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރައީސް ރައީސީ އަޖަރުބައިޖާނަށް ކުރެއްވި މި ދަތުރަކީ އިއްޔެ އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން ކުރެއްވި ދަތުރެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *