މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަވެ، ކަނޑާއި ވައި ގަދަވާ ދުވަސްކޮޅެއް ކަމަށްވާތީ ކަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝްނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)އިން އިލްތިމާސް ކުރައްވައިފި އެވެ.
އެމްއެންޑީއެފްއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް އެދިފައިވާ އިރު މިދިޔަ ހުކުރު ދުވަހު ތިލަފުށިން ފުރި ދޯނި އަދިވެސް ނުފެނިގެން އެމްއެންޑީއެފްއިން ހޯދަމުންދަނިކޮއް މިޔަދުވަނީ ގދ އަތޮޅުގައި އޮއްނަ ރިސޯޓެއްގައި މޫދައްއެރުނު ބިދޭސީއެއް ވިޔަދު ވަނީ ގެއްލިފަ އެވެ.
މޫސުން ވަރަށް ބޮޑަށް ގޯސްވެ މޫސުމާބެހޭ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ރީދޫ ސަމާލުނެރެފަ އެވެ. މޫސުމާބެހޭ އިދާރާއިން ވިދާޅުވީ ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގައި ވައި ޖެހުމާއެކު މިރޭ ބޯކޮއް ވާރޭ ވެހޭނެކަމަށެވެ.


