މާލޭ އާ ސަހަރާގެ ފުލް ފިނިޝިންގެ މަސައްކަތްކޮއް ނިއްމަން މާލެ ސިޓީ ކައުންސިލްއިން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮއްފި އެވެ.
ކުރިން އާސަހަރާ މިސްކިތް ހަދަން ފެށީ ޑރ.މުއިއްޒުގެ މޭޔަރުކަމުގައި ބޮޑު އަގުގައި ކުންފުންޏަކާ ހަވާލުކޮއްގެނެވެ. ނަމަވެސް އެ ކުންފުނިން އެ ޕްރޮޖެކްޓް ނިއްމާފައެއް ނުވެ އެވެ.
މާލެ ސިޓީ ކައުންސިލްއިން މިޔަދު ބުނީ އާ ސަހަރާގެ ފުލް ފިނިޝިން މަސައްކަތް ކުރުމަށް ކުންފުޏަކާއި ހަވާލުކޮއް އެއްބަސްވުމުގައި ސޮއި ކޮއްފައިވާ ކަމަށެވެ.
ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު އައިމަން އެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، ސެކެޓްރީ ޖެނެރަލް ވަޖީހު ނަޒީރު އެވެ.
ހައިމަން ކޮންސްޓްރަކްޝަނާ އެ މަސައްކަތް ހަވާލުކުރީ 2،70،3793.18ރ އަށް 60 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ.
ކައުންސިލުން މިއަދު ވަނީ ހުޅުމާލެ ސަހަރާ މިސްކިތު ގައި ނޮވިލޮން އެޅުމުގެ މަސައްކަތް އެރިސް ޑެކާ ވެސް ހަވާލުކޮށް ފައެވެ. ފަސް ދުވަސް ތެރޭ އެ މަސައްކަތް ނިންމަން އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން ހެދީ 185،004 ރުފިޔާ އަށެވެ.


