ދެކުނުގެ އަތޮޅުތަކަށް އައްޑޫ ހިމެނޭހެން 60 މޭލު ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން އޮރެންޖް ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން މިޔަދު ވިދާޅުވީ އައްޑޫ ކައިރީގައި ހުރި އަތޮޅުތަކަށް ގަދަ ވަޔާއެކު ބޯކޮއް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށް، އެގޮތުން އާމުގޮތެއްގައި ވައި ޖެހޭނީ 35 މޭލާ 40 މޭލާ ދެމެދުކަމަށާއި، އެހެނަސް ވިލާގަޑުގައި ގަޑިޔަކު 60 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އެ އޮފީހުން ވިދާޅުވި އެވެ.
އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެތީ މެޓު އޮފީހުން ވަނީ ސަމާލުވާން އިލްތިމާސް ކޮށްފަ އެވެ.


