Tuesday, 28 July 2026

އިންޑިއާ އަސްކަރިއްޔާ ބާލަން އެންމެ ގިނަ ފިޔަވަޅު އެޅި ރައީސަކީ ޔާމީން: އުމަރު

މިހާތަނަށް ރާއްޖޭގެ ވެރިޔަކު އިންޑިޔާ އަސްކަރީޔާ ރާއްޖެއިން ބޭލުމުގެ މަސައްކަތުގައި އެއްމެ ކުރިއަށް ވަޑައިގެންފައިވާ ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރޭގެ ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު އާކުރި ސުވާލަކާ ގުޅިގެން އޭނާ ބުނީ ރައީސް ރައީސް މުއިއްޒު ބޭލީ އިންޑިޔާ ސިފައިންގެ ހަމައެކަނި ޔުނީފޯމް ކަމަށެވެ. އަދި ވިދާޅުވީ ޔާމީން ސީދާ ވާނީ އެމަނިކުފާނުގެ ވެެެެރިކަމުގައި ސީދާ ލިޔުމުން އަންގާފައި ކަމަށެވެ.

”ރައީސް ޔާމީން އިންޑިޔާ އަސްކަރީޔާއަށް ލިޔުމުން ސީދާ ހުރިހާ އުޅަނދެއް ހިފައިގެން ފައިބާން އެންގި، ނުފައިބާ ދިގުދަންމަން ފެށީމަ އެމީހުން ތިބި ތަންތަނުން ކަރަންޓު ކަނޑާލި އަދި އޭގެ ފަހުން ވިސާތައް ކެންސަލްކުރި“ އުމަރު ނަސީރު ވިދާޅުވި އެވެ.

އަދި އޭރު ކުރީގެ ރައީސް ޔާމީން އިންޑިއާ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަށް އުދުހުން މަނާކޮށް އިންޑިޔާގެ އޮފިޝަލުންނަށް ވިސާ ދޫކުރުންވެސް ހުއްޓަވާލެއްވި ކަމަށް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

އުމަރާ ކުރެވުނު ސުވާލާ ގުޅިގެން އިތުރަށް ވިދާޅުވީ ޑރ.މުއިއްޒުއަށް އަދި ކުރީގެ ރައީސް ޔާމީން އާ ހިސާބައް ގާތަށްވެސް ވަޑައިނުގެންނެވޭ ކަމަށެެވެ. ނަމަވެސް އުއްމީދަކީ ޔާމީންއަށްވުރެ ކުރިޔަށް މުއިއްޒު ވަޑައިގެން ހުރިހާ އިންޑިއާ އަސްކަރިއްޔާއާ ގުޅުންހުރި މީހުން ބޭލުންކަމަށެވެ.

މުއިއްޒުގެ ސަރުކާރު ޖަޖްކުރަން މާއަވަސް ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ މުއިއްޒު އަށް އަދި ލިބިފައި މިވަނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށާއި އަދި މުއިއްޒުގެ ސަރުކާރު ޖަޖް ނުކުރާކަމަށް އުމަރު ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *