އިޓަލީ އަދި ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާންގެ އެހީގައި ފ. އަތޮޅުގެ ކޮންމެ ރަށަކުން 4 ކޯޗުން ތަމްރީން ކުރުމަށް ނިންމާފައިވާ ކަމަށް ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ސްޕޯޓްސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ފ. އަތޮޅުގެ ކޮންމެ ރަށަކުން 2 ކޯޗުން ތަމްރީނު ކޮއްދިނުމަށް އިންޓަމިލާންގައި އެދުނުކަމަށެވެ.
މި ތަމްރީން ޕްރޮގްރާމަކީ ސްޕޯޓްސް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިޓަލީގެ ކޮންސިއުލޭޓާއި ޔޫއެފާ ފައުންޑޭޝަން އަދި އިންޓަ މިލާން ގުޅިގެން، ފ. އަތޮޅުގައި ކުރިއަށްގެންދާ "ޕްލޭއިން ވިތު ކޮރަލްސް" ގެ ޕްރޮގްރާމެކެވެ.
ސްޕޯޓް މިނިސްޓަރު ވިދާޅިވިގޮތުގައި، ޕްރޮޕޯސްކުރީ ކޮންމެ އެ އަތޮޅުގެ ފަސް ރަށުން، ކޮންމެ ރަށަކުން ދެ ކޯޗުން ތަމްރީނުކޮށްދިނުމަށެވެ. އެހެންނަމަވެސް އެ ޕްރޮގްރާމަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބުމާ ގުޅިގެން އަދި އެ ޕްރޮގްރާމަށް ވަރަށް ބޮޑު ސަޕޯޓެއް ވެސް އޮތުމާ އެކީގައި މިހާރު ކޮންމެ ރަށަކުން ހަތަރު ކޯޗުން ޓްރޭން ކުރާ ގޮތަށް ނިއްމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އިތުރުން އެ އަތޮޅުން 10 އަހަރާއި 14 އަހަރާދެމެދުގެ 200 ކުދިން ތަމްރީނު ކުރުމަށް ނިއްމާފައިވާ ކަމަށްވެސް ރާފިއު މިޔަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. މި ތަމްރީނު ޕްރޮގުރާމްތަކަކީ އިންޓަ މިލާނުން އިޖުތިމާއީ ގޮފި އިންޓަ ކެމްޕަސް މެދުވެރިކޮށް 2 އަހަރުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގުރާމް ތަކެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


