ރޭ ކުރި ވިއްސާރައިގައި ހއ. ދިއްދޫއަށް ނަގޫ ރޯޅިއެއް އަރައި އެރަށުގެ ފްލެޓްތަކުގެ ފުރާޅުތަށް ވިއްސައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ދިއްދޫ ކައުންސިލްއިން މޮޔަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭކުރި ވިއްސާރައިގައި ދިއްދޫ ފްލެޓް ސަރަހައްދަށް ރޭ ފަތިހު ނަގޫރޯޅިއެއް އަރައި 6 ފްލެޓެއްގެ ފުރާޅު ވިއްސައިގެންގޮސް ބައެއް ފަރުނީޗަރަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ފްލެޓްތަކަށް ލިބިފައިވާ ގެއްލުންތަށް އެތަނުގައި ދިރި އުޅޭ މީހުންނާއި އަދި މިވަގުތު ދިރި ނޫޅި ހުސްކޮއް ހުރި ފްލެޓުތަކުގެ ބޭފުޅުންވެސް ބަލައި ކައުންސިލްއާ އެމައުލޫމާތު ހިއްސާ ކުރުމުން ޑިޒާސްޓަރ މެނޭޖްމަންޓް މެދުވެރިކޮއް ބަދަލު ހޯދުމުގައި ކައުންސިލްއިން މަސައްކަތް ކޮއްދޭނެ ކަމަށެވެ.
ރަޝީދު ވިދާޅުވީ މިހާރު ރޭ ފަތިހު ފުރާޅު އެއްލާލި ގެތަކުގައި ވަގުތީ ގޮތުން ހިޔާކުރުމަށް ވަގުތީ ޓިނުޖަހަމުން އަށްނަކަމަށެވެ. ފްލެޓްތަކުގެ އިތުރުން އެހެނިހެން ތަންތަނަށްވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް އޭނާ ބުންޏެވެ.


