Tuesday, 28 July 2026

މާލޭގެ އިމާރާތްތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ ގެތަކުގެ އަސްކަނިން މަގުމައްޗަށް ފެން ފައބާގޮތަށް ހުރި އަސްކަނިތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްއިން ފަށައިފި އެވެ.

މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލަ އެއްކަމަށާއި، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިކަމަށެވެ.

”އެގޮތުން މި މަހު އެކަނިވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަނގަ ކޮށް، އެތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް ވަނީ އެންގިފައި“ އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ މާލޭގައު ހުރި މިކަހަލަ މައްސަލަތަށް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މާލޭގެ މަގުތަކަށް ފެން ފައިބާ ގޮތަށް އަސްކެނިތައް ހުންނަ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ވެސް ކަމާގުޅޭ އިދާރާތަކުން މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް، މާލޭގެ ފަސްގަނޑާ އަޅާ ބަލާއިރު، އިމާރާތްތައް ގިނަވެ، އެކަން ހައްލު ނުކުރާ މީހުންނާ މެދު ފިޔަވަޅެއް އެޅެން ނެތުމުން ހައްލުވެފައެއް ނުވެ އެވެ.

މާލެ ސިޓީ ކައުންސިލްއިންދަނީ މާލެގައި ހުރި މިފަދަ ކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުމައްޗަށް ކުނި އެޅާ މީހުން ހޯދައި އެމީހުނާމެދު ފިޔަވަޅު އެޅުމާއި ހަޑިކޮއް ހުރި ތަންތަން ސިޓީކައުސިލުން އިސްނަގައިގެން އަށްނަނީ ސާފު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *