މާލޭގެ ގެއަކުން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ މީހާ ފެނިފައި ވަނީ ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން ކަމަށާއި، އޭނާ ފެނުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް ބެލި ބެލުމުގެ ތެރޭގައި ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އެނގިފައެއް ނުވެ އެވެ.
އެހެންނަމަވެސް ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަން އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް މިރޭ ބުނެފައެވެ.


