ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ) ގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާބެހޭ ގޮތުން އަދަބީޔާޔާ ތާރީހު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިސެސްކޯއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފި އެވެ.
އައިޒަރުބައިކާންގެ ވެރިރަށް ބަކޫއަށް މިނިސްޓަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިސެސްކޯގެ ޑިރެކްޓަ ޖެނެރަލް ޑރ. ސާލިމް އަލްމާލިކާއެކު ބައްދަލު ކުރަށްވާ ވަނީ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތަށް ހިމެނުމާ ބެހޭގޮތުން މަޝްވަރާކޮއްފަ އެވެ.
ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024″ ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން ހުއްނެވި އާދަމް ނަސީރުގެ ދަތުރުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތަށް ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ވެސް މި ދަތުރުގައި ކުރުމަށް ވަނީ ހިމަނާފަ އެވެ.
އިސެސްކޯ ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ސާލިމް އަލްމާލިކް ވަނީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބައްލަވަން ޖެހޭ ބެއްލެވުންތައް ބެއްލެވުމާއެކު، އެކަމާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.


