Tuesday, 28 July 2026

ސިފައިން ބޭލި ނަމަވެސް އިންޑިޔާއިން ރާއްޖެއާ މެދު އެއްވެސް ރުޅިވެރިކަމެއް ނެތް: ޒަމީރު

ދިވެހިރާއްޖެއާއި އިންޑިޔާއާއި މެދު އޮތް ގުޅުން ހީނަރުވާފަދަ ޕޮލިސީތައް ނުގެންގުޅުއްވާ ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލުމަށްފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައު ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ރާއްޖެ ފަގީރުކޮށް އޮތް އިރުން ފެށިގެ މިއަދު ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައާ ހިސާބަށް އައިއިރުވެސް އެންމެ ކައިރިން އެހީތެރިވެދިން ގައުމަކީ އިންޑިޔާ ކަމަށެވެ.

“އަޅުގަނޑުމެން ދަތުރުކުރި ހުރިހާ މަރުހަލާއެއްގައި އަޅުގަނޑުމެންނާ އެންމެ ގާތުން އެހާ ގިނަ ދުވަސް ވަންދެން އަޅުގަނޑުމެންނަށް އެހީތެރިވެގެން އައި ގައުމަކީ އިންޑިއާ” ޒަމީރު ވިދާޅުވު އެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިން ފޮނުވާލުމަށް މިހާރު ވެރިކަމުގައި ތިބި ބޭފުޅުން އިދިކޮޅުގައި ތިބެ ގޮވުމުގެ ސަބަބުން އޭރު އިންޑިޔާއިން ފިއްތުންތަށް މެދުވެރިކޮށް ގުޅުން ހީނަރު ވެެސްވި އޭރުގެ ސަރުކާރުން ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިޔަދު ޒަމީރު ވިދާޅުވީ ދެ ގައުމުގެ މެދުގައި އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާއި އަދި ވިދާޅުވީ، މިއީ ރާއްޖޭން އިންޑިއާ ސިފައިން ފޮނުވާލި ފުރަތަމަ ފަހަރު ވެސް ނޫން ކަމަށެވެ. އެގޮތުން، 1989 ވަނަ އަހަރު ވެސް ރާއްޖެއިން އެދިގެން އިޑިޔާސިފައިން ބާލާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *