Tuesday, 27 October 2026

ކެފޭއެއްގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުންލީކުވުމާ ގުޅިގެން 7 މީހަކަށް ފަރުވާދެނީ

މާލޭގެ ކެފޭއެއްގެ ބަދިގޭގެ ދުން ހޮޅިން ބަދިގެތެރެއަށް ދުން ލީކުވެ 7 މީހަކު އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، ބޮޑުރަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގޭ ދުންހޮޅިން ބަދިގެތެރެއަށް ދުން ލީކުވެ 7 މީހަކު އަނބުރައިގަނެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 05:50 ގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ ސްރީލަންކާގެ ރައްޔިތަކާއި އިންޑިއާގެ ރައްޔިތެއްގެ އިތުރުން، ބަންގްލަދޭޝްގެ 2 މީހުން އަދި ނޭޕާލްގެ 3 މީހުންނެވެ.

ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެކަކު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *