އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް ހުރި ދިވެހި އަންހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ދަފްތަރު ނަންބަރު ރސ 9079، ފަރީދާ އާދަމް އެވެ.
އެ ކޯޕަރޭޝަނުން ބުނީ ފަރީދާ ނިޔާވީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުއާއި ކުންފުނީގެ އެންމެހާ މުވައްޒިފުންގެ ނަމުގައި ވަނީ ތައުޒިޔާ ކިޔާފަ އެވެ.


