ވިދުމާއެކު ބާރަށް ގުގުރުމުގެ ސަބަބުން ހޮނު އަޅާ މާލޭގެ ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
މާލޭ ސަރަހައްދުގެ މޫސުން މިއަދު ހަވީރުން ފެށިގެން އުޅެނީ ވަރަށް ބަނަކޮށެވެ. އަދި މިރޭގެ ވަގުތެއްގައި ވަނީ އާދަޔާހިލާފު ބާރު ގުގުރިތަކަކާއި އެކު މާލޭގެ ބައެއް ގެ ތަކުން ކަރަންޓު ކެނޑިފައިވާކަން ސްޓެލްކޯއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ސްޓެލްކޯއިން ބުނީ މައްޗަންގޯޅީގެ ބައެއް ގެ ތަކުން ހޮނު އަޅައި ކަރަންޓު ކެނޑިފައިވާ ކަމަށާއި ނަމަވެސް މިހާރުވަނީ އެމައްސަލަ ހައްލުކޮށް އަލުން އެ ގެ ތަކަށް ކަރަންޓު ދީފައިކަމަށް އެ ކުންފުނިން ވިދާޅުވި އެވެ.


