ޢައްޒަގެ އުތުރުގައި ބައިމިލިޔަނެއްހާ މީހުން ހިމާޔަތް ހޯދަމުން އަށްނަ ރަފާހްއަށް އިސްރާއީލްގެ އަސްކަރީޔާއިން އަރާ އިންސާނީ އެހީ ފޯރުކޮއްދިނުމަށް އޮއްނަ ހަމަ އެކަނި މަގު ކަމައްވާ ރަފާހުއާއި މިސްރު ބައްދަލުވާ ބޯޑަރު ބަންދުކޮއް ޓޭންކު ތަކުން މުޅި ރަފާހު ވަށާލައިފި އެވެ.
މިސްރާ ބޯޑަރުގައި އޮންނަ ރަފާހު ބޯޑަރު އިސްރާއީލުން ހިފެހެއްޓުމުން ޣައްޒާއަށް މިހާރުވެސް އެކަށީގެންވާ ވަރަށް އިންސާނީ އެހީ ފޯރުނުކޮށްދެވޭ އިރު މިންވަރު އިތުރަށް މަދުވެދާނެ ކަމުގެ ބިރު އުފެދި، ރަފާއަށް އިސްރާއީލުން ވަދެނުގަތުމައްއެހީގެ އޮފިޝަލުންނާއި އިސްރާއީލްގެ ވާގި ވެރިޔާ އެމެރިކާއިންވެސް ވަނީ އަންގާފައެވެ.
ނަމަވެސް އދ އެމެރިކާ ޖަރުމަންގެ އެންގުމަށްވެސް ފުރަގަސްދީ ޔަހޫދީ ދައުލަތުންވަނީ ރަފާހަށް އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާތަށް ދޭން ފަށާފަ އެވެ.
އދގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރަފަހްގައި މި ވަގުތު ހުރީ އެންމެ ދުވަހެއްގެ ތެލެވެ. އެހީ ވައްދަން އޮންނަ މަގުތައް ބަންދުކުރުމުން އެ ސިޓީގައި އިންސާނީ ކާރިސާއެއް ކުރިމަތިވުމުގެ ބިރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
އދ ގެ ސެކެޓްރީ ޖެނެރަލް ވެސް ވަނީ ރަފާހްގެ ބޯޑަރު ހުޅުވާލާ އިންސާނީ އެހީތަށް ޢައްޒާއަށް ވެއްދުމަށް އޮއްނަ ރަފާހް ބޯޑަރު ހުޅުވާލުމަށް އިސްރާއީލްއަށް ގޮވާލައްވާފަ އެވެ.
ރަފަހް އަށް އަރައި، އަސްކަރީ އޮޕަރޭޝަނެއް ހިންގާނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު، އިޒްރޭލުން އެ ސިޓީ އަށް އަރައިގެންފައި ވަނީ، ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް ދިއުމުގެ މަޝްވަރާތައް ކުރިއަށް ގެންދަނިކޮށެވެ.
އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ރަފާހްއިން 27 މީހަކުވަނީ ޝަހީދު ކޮއްލާފައި އަދި ގިނަ އަދަދެއްގެ މީހުން އަދިވެސް އެހަމަލާގައި ބިމާ ހަމަވި އިމާރާތް ތަކުގެ ދަށުގައި އެބަވެ އެވެ. އިސްރާއީލް ސިފައިން ދަނީ ހިއްޓުމެއްނެތި ބޮމުގެ ހަމަލާތައް ދެމުންނެވެ.
ހަމާސްގެ ތަރުޖަމާނަކު ވިދާޅުވީ "ބޯޅަ މިހާރު އޮތީ ނަތަންޔާހޫގެ ކޯޓުގައި" ކަމަށާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން އިސްރާއީލަށް އިތުރު ޕްރެޝަރެއް ކުރަން ޖެހޭ ކަމަށެވެ.


