މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އުޅަނދެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮއްފި އެވެ.
ފުލުހުން ވިދާޅުވީ އެއާޕޯޓްސް ކޮންޕެނީގެ އުޅަނދެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަޔަކު މިޔަދު ހައްޔަރު ކޮއްފައިވާ ކަމަށެވެ.
ނަމަވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ހައްޔަރު ކުރީ ކިތަށް މީހުން ކަމެއް އަދި މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ވަގަށް ނަގާފައިވަނީ އެ ކުންފުނީގެ ކާރެކެވެ.
އަދި އެމްއޭސީއެލްގެ އެ ކާރަކީ ކުންފުނީގެ އެކި ބޭނުންތަކަށް އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވެސް ރަސްމީ ބޭނުންތަކަށް އާންމުކޮށް ދުއްވާ ކާރެއް ކަން ވަނީ އެނގިފަ އެވެ.


