Tuesday, 28 July 2026

ރޯދަމަހުގެ ޑިސްކައުންޓް ހިމަނައި މިރޭ ބިލްތައް ފޮނުވާ ނިމޭނެ – ފަހުމީ

ރަމަޟާން މަހުގެ ޑިސްކައުންޓު ހިމަނައިގެން ކަރަންޓުބިލްތައް މިރޭގެ ނިޔަލަށް ފޮނުވަމުންދާނެ ކަމަށާއި ދައްކާފައިވާ ބިލްތަކަށް މިއަންނަ މަހު ޑިސްކައުންޓް ލިބޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ތަންފީޒުކޮށްފައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

”އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުން“ ފަހުމީ ވިދާޅުވި އެވެ.

މީގެ އިތުރުން، ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ވަނީ ހަމަޖެހިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް އެ ޕޯސްޓުގައި ވިދާޅުވީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައްޔާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލްތަށް ބޮޑުވެގެން އާމުން ދިޔައީ ވަރަށް ބޮޑަށް ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި މިދިޔަ ހަފްތާގައި ރައީސް އޮފީހުގައި ސްޓެލްކޯ އަދި ފެނަކައިގެ ވެރިން ހިމަނައިގެން ނޫސްވެރިންގެ ބައްދަލު ވުމެއްވެސް މި މައްސަލައިގަ ކުރިޔަށް ދިޔައެވެ.

.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *