Wednesday, 29 July 2026

ޓިކްޓޮކްގައި އަންހެނަކަށް ވެގެން އުޅުނު މީހާ އަނެއްކާވެސް ހައްޔަރު ކޮށްފި

ޓިކްޓޮކްގައި ނިވާކަންކުޑަ އަދި އަންހެން ހެދުން ލައިގެން ބަރަހަނާ މަންޒަރުތައް ދައްކާ އޮރިޔާން ކާޑު ހަދަމުންދާ މުހައްމަދު ނަބީލް (ޔާޔާ) ފުލުހުންގެ ހިދުމަތުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ނިވާކަންކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯއާއި ފޮޓޯ އާންމު ކުރަމުން ދިޔަ 39 ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮއްފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އާންމު އިޖުތިމާއިީ މިންގަޑުތަކާ ހިލާފު ނިވާކަންކުޑަ އަންހެން ހެދުން އަޅައި، އޮރިޔާން ކާޑު އުފެއްދުމުގެ ކުށް ސާބިތުވެ އޭނާ ވަނީ އެއް އަހަރާ އެއްމަހާ ހަ ދުވަހަށް ޖަލަށް ލާފައެވެ.

ނަމަވެސް ޖަލުހުކުމް ތަންފީޒުކޮށް މިނިވަންވެގެން އައިސް އަލުން ސޯޝަލް މީޑިއާގައި ނަބީލު ދަނީ އާންމު އިޖުތިމާއީ މިންގަޑުތަކާ ހިލާފު ނިވާކަންކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯއާއި ފޮޓޯ ލައި ޓިކްޓޮކް ލައިވްތައް ވެސް ޖައްސަމުންނެވެ.

އޭނާ ހައްޔަރު ކުރީ އެ މައްސަލާގައި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ޓެގްކޮށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *