Tuesday, 28 July 2026

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކުޅޭ ސަރަހައްދު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ އިކުއިޕްމަންޓް ތަކާއި އެކު އެކުދިންނަށް ބޭނުންކުރެވޭ ޕްލޭ އޭރިޔާއެއް ކުޑަކުދިންގެ ބަގީޗާގައި ހުޅުވައިފިއެވެ.

ރޮޓަރީ ކްލަބް އޮފް މާލެއިން ގާއިމް ކުރި މި ކުޅޭ ސަރަހައްދު ހުޅުވީ މިއަދު ހަވީރުއެވެ.

ރޮޓަރީ ކްލަބުން މިކަމަށް އިސްނެގީ މިހާރު ބޭނުން ކުރަމުންދާ އެއްވެސް ޕާކެއްގައި ނުކުޅެންތެރިކަން ހުންނަ ކުދިންނަށް ވަކިން ބޭނުން ކުރެވޭ އިކުއިޕްމެންޓްސް ނުހުންނާތީ ކަމަށް ރޮޓަރީިން އެ ކްލަބުން އެވެ.

އެ ކުލަބުން ބުނިގޮތުގައި މިހާރު ހަދާފައި ހުރި ކުޑަކުދިންގެ ޕާކުތަކަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަދެވުނު ނަމަވެސް، އެ ކުދިންނަށް ބޭނުންވާ އިކުއިޕްމެންޓު ނެތުމަކީ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ.

ރޮޓަރީ ކްލަބުން މިއަދު ހުޅުވި ކުޅޭ ސަރަހައްދުގައި ފުރޮޅުލީ ގޮނޑީގައި ތިބޭ ކުދިންނަށް އެހެން ކުދިންނާ އެކު ތިބެވޭނެ ގޮތަށް ހަދާފައިވާ ކެރެސޯލަކާއި އިށީނދެ ނުތިބެވޭ ކުދިން ބާއްވައިގެން ހެއްލާ ފަދަ އުނދޯއްޔާއި ބެލެނިވެރިޔާ އެއް ފަރާތުގައި އިނދެގެން ބޭނުން ކުރެވޭނެ އެހެން އިކުއިޕްމެންޓްސް ހުންނާނެ ކަމަށް ރޮޓަރީއިން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *