Tuesday, 28 July 2026

ފުނަދޫ ދާއިރާގެ މެމްބަރަށް ސިހުރު ހެދި މީހާގެ ބަންދަށް 15 ދުވަސް

ށ. ފުންދޫއަށް އެ ދާއިރާގެ އިންތިހާބީ ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހު (މަންޑ)ޭއަށް ސިހުރު ހެދި ސިހުރު ވެރިޔާ ސިހުރު ހަދަން ބޭނުންކުރާ އާލަތް ތަކާއެކު ފުލުހުންގެ އޭނާ ހައްޔަރުކޮއް ބަންދާމެދު ގޮތެއް ނިއްމުމަށް ކޯޓަށް ގެންދިޔުމުން ވަނީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާދީފަ އެވެ.

ފުލުހުންގެ ހިދުމަތުން މިޔަދު ވިދާޅުވީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި ށ ފުނަދޫއިން ރޭ ފަތިހު ހައްޔަރު ކޮއްފައި ވަނީ ވިލުފުއްޓަށް ނިސްޕަތްވާ 60 އަހަރުގެ ދިވެހި ފިރިހެނެށް ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ޖަހަާފައިވާ ކަކަމަށެވެ.

ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ހައްޔަރަށް ގެންދިޔުމާ އެކު އެރަށުގެ އާމުން ދިޔައީ އެމީހާއާ ދެކޮޅަށް އެ ރަށު ޕޮލިސް ސްޓޭޝަން ކައިރީގައި އިހުތިޖާޖު ކުރަމުންނެވެ.

އަދި އެމީހާގެ ބަންދުގެ މުއްދަތާމެދު ގޮތެއް ނިއްމުމަށް ކޯޓަށް ގެންދިޔަވަގުތު ކޯޓު ކައިރީގައި ވެސް މުޒާހަރާކޮއް ބަޔެއް މުޒާހަތާގެ ބައިވެރިން ކޯޓަށް ވަށްނަން މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުނަނާމެދު ހަމަނުޖެހުން ހިގާ ފުލުހުން ބާރުގެ ބޭނުންކޮއް ވަރަށް ގަދައަށް ޕެޕާ ސްޕްރޭ ޖަހާ މަންޒަރު ފެއްނަ ވީޑިއޯތަށް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން ނެވެ.

އަދި އެ ސިހުރުވެރިޔާ ސިހުރުހަދާފައި ގަސް ގަހަށް ޖަހާފައި ހުރި ލޯމުރު ( ސިހުރު ހަދަން ގެންގުޅޭ ލޯ އިން ހަދާފަ ހުއްނަ މޮހަރެއް) ގަސްގަހަށް ޖަހާފައި ހުއްޓާ ރައްޔިތުންނަށް ފެނިގެން އެ ނަގަމުން މިހާރު އެބަދެ އެވެ. އަދި ސިހުރުގެ އާޔަތްތަށް ލިޔެފައި އެ ގަސްތަށް ކައިރީގައި ހުރި ކަމަށް އެރަށު މީހުންބުނެ އެވެ.

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *