އިންޓަނޭޝަނަލް ކޮމެޓީ އޮފް ރެޑް ކްރޮސްގެ މޮސަރަހައްދުގެ އިސް ވެރިޔާ ކަދީރު އުމަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސެއިން މުޙައްމަދު ލަތީފްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ނައިިބު ރައީސް ވަނީ އިސީއާރުސީ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފަ އެވެ. އަދި އެމަނިކުފާނު ވަނީީ މިސަރުކާރުން ރެޑް ކްރެސެންޓްގެ ހުރިހާ ކަމެއްގައިވެސް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
އަދި އެވަފްދުގެ އިސްވެރިޔާ ވެސް ވަނީ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ސަރަހައްދުގެ ރެޑް ކުރޮސެންޓުގެ އިސްވެރިޔާ ވިދާޅުވީ ސަރަހައްދުގެ އެކި ގައުމުތަކުގެ މާހިރުންގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމަރަކުން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުން ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިބައްދަލުވުމުގައި ވަނީ އިސީއާރުސީ އިން ހިންގަން ހުރި ތަމްރީނު ޕްރޮގްރާމް ތަކާބެހޭ މައުލޫމާތު ހިއްސާ ކުރައްވާފަ އަދި މިބައްދަލުވުމުގައި އެ ވަފްދުގެ ވެރިޔާއާއި ރައީސްގެ ނައިބު ވަނީ ރެޑްކްރިސެންޓް އާއި ރާއްޖެއާމެދު އޮންނަ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތް ތަކާބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.


