ބިންވެރިޔާ ސްކީމްގެ ދަށުން އިތުރު 14 ގޯތި ހަވާލުކޮށްފައިވާ ކަމަށާއި، މިހާތަނަށް ޖުމްލަ 526 ގޯތީ ދޫކޮށްފައިވާކަމަށް އެކަމާ ބެހޭ އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން އިއްޔެ ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަމުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު 6 ގޯތި އަދި އިއްޔެ 8 ގޯތި ދޫކޮށްފައިވާ ކަަމެވެ. މި ގޯތި ދޫކޮށްފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރަން ސޮއި ކޮށްްފައިވާ 1380 ގޯތިގެ ތެރެއިންނެވެ. މިއާ އެކު ޖުމްލަ ހުޅުމާލެގެ ދެވަނަ ފިޔަވަހިން ދޫކުރި ގޯތީގެ އަދަދު ވަނީ 526 އަށް އަރާފައިކަމަށް އެ ވުޒާރާއިން ބުނެއެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިދިޔަ ސަރުކާރުން ބިންވެރިޔާގެ ނަމުގައި ވަނީ ހުޅުމާލެ ދެވަނަ، އަދި ތިންވަނަ ފިޔަވަހީގެ އިތުރުން ގުޅީފަޅާއި މާފަރު ފަޅުންވެސް ގޯތި ދީފައެވެ.


