Wednesday, 29 July 2026

ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާ އަޑުތައް އެންމެ ވޯޓަކުން ކަނޑުވާލުން ލަދުވެތި – ޑރ. ހައިދަރު

ފަލަސްތީނަށް އިންސާފު ހޯދައިދިނުމުގެ އަޑު އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވެތިކަމެއް ކަމަށް ވިދާޅުވެ، އދ. ގެ ސަލާމަތީ މަޖިލީހުގައި އޮންނަ ވީޓޯގެ ބާރު އުވާލަން ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގައެެވެ. މި ބަޔާން އިއްވާފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އެވެ.

ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙްމަދު ވިދާޅުވީ އދ. ގެ 140 އަށްވުރެ ގިނަ މެންބަރު ޤައުމާއި އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކާއި މަގުތަކުގައި އާންމުން ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާ އަޑުތައް ކަނޑުވާލީ އެންމެ ވޯޓަކުން ކަމަށެވެ.

އަދި އެއީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެ، އޭގެ ސަބަބުން އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް އދ. ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަން ހާމަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ބަޔާނުގައި ވަޒީރު އިތުރަށް ވިދާޅުވީ, ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ދުނިޔޭގެ ތާރީހުގައި ލިޔަމުންދާ ކަމަށާއި އެއީ ނުވާ ކަމަކަށް އަޑު ނީވޭ ކަމަކަށް ހަދައިގެން ތިބެެވެން ނެތް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *