ރޯދައިގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކޮށް ސްޓެކްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ރޯދަ މަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާކަމަށެވެ.
މިއާއެކު މިހާރު ފޮނުވާފައިވާ ބިލްތައް އެ ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަށް ކަސްޓަމަރުންނަށް ފޮނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ހަރުދަނާ އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް ފަހުމީވަނީ އަރުވާފައެވެ.


