Tuesday, 28 July 2026

ރާއްޖެ ޓީވީ ރޯކޮށްލާނެކަމަށް ބުނި މައްސަލަ ފުލުހަށް

ރާއްޖެޓީވީގައި ހުޅު ޖަހާ ރޯކޮށްލާނެ ކަމަށާއި ދުވަސް ދުއްވާލާނެ ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެެިޔަކަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މައްސަލަ އެ ޓީވީގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.

ރާއްޖެ ޓީވީގެ ފަރާތުން އެމައްސަލަ ބަލައިދިނުމަށް އެދި ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއުއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖެ ޓީވީއަށް ދީފައިމިވާ އިންޒާރަކީ ޓެރެރިޒަމްގެ އަމަލެއްކަމަށް ބެލެވޭ ކަމަށާއި ސީރިޔަސް މައްސަލައެއް ގޮތުގައި ތަހުގީގު ކޮއްދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

އަދި ރާއްޖެ ޓީވީގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެ ޓީވީއަށް ހިމާޔަތް ދިނުމަށް ވެސް މި ސިޓީގައި ރާއްޖެ ޓީވީއިން ވަނީ އެދިފަ އެވެ.

މީގެ 11 އަހަރު ކުރިން 2013 ވަނަ އަހަރު ރާއްޖެ ޓީވީ ހިންގަމުންދިޔަ އިމާރާރުގައި ރޯކޮއްލާފައިވާއިރު އެކަމުގެ އިންސާފް ވެސް އަދިބެސް ލިބިފައި ނުވާ ކަމަށާއި އޭރު ވެސް އެފަދަގެ ތުހުމަތުތަކެއް ހުރުމުން ފުލުހަށް އެންގިނަމަވެސް އެކަށޭނެ ރައްކާތެރިކަން ނުލިބި ރާއްޖެ ޓީވީ ވަނީ ބޭނުންކުރާ ހުރިހާ ސާމާނާ އެކު އަދާ ހުލިވެފައި ކަމަށް އެ ސިޓީގައި ވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *