Tuesday, 28 July 2026

އަނެއްކާވެސް ވަރަށް އަވަހަށް ޑޮމެއިން ދޫކުރަން ފަށާނަން: އަމީން

ދެ ހަފްތާއެއްހާ ދުވަސް ފަހުން އަލުން ޑޮމެއިން ދޫކުރަން ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އަދި ރައީސް އޮފީސް ގުޅިގެން ކުރިޔަށްގެންދާ ‘އަހާ’ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކުރީ ސަރުކާރުން ދޫކޮއްފައިވާ 1200 ޑޮމެއިންގެތެރެއި 50 ޕަސެންޓް ޑޮމެއިން ދޫކޮއްފައިވަނީ ގޯސްކޮއް ކަމަށާއި އެ ޑޮމެއިންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ޑޮމެއިން ވިއްކުން ހުއްޓާލީ ގަވައިދާ ހިލާފަށް ޑޮމެއިން ވިއްކަމުންދާތީ ރައީސް އޮފީހުން އަންގައިގެން ކުރީ ސަރުކާރުގައެވެ. އެކަމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ދަނީ ޝަކުވާ ކުރަމުންނެވެ.

އަމީން ވިދާޅުވީ ކުރީ ސަރުކާރުން ދޫކޮއްފައިވާ ސައްހަ ނޫން 700 އެއްހާ ޑޮމެއިން އެބަރުކަމަށާއި އެކަމަކީ އެ ޑޮމެއިންތަށް ބައްލަވައިގަތް ފަރާތްތަކުގެ މައްސަލައެއް ނޫން ކަމަށާއި އެއީ ކުރީ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ބެކްއެންޑުން ވަދެ ފޭކް ސްލިޕް ހަދައިގެން މިނިސްޓރީގެ މީހުނާ ގުޅިގެން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސް ކަމަށެވެ.

”އަޅުގަނޑުމެން އައިއްސަ އަޅުގަނޑުމެން ގަބޫލުކުރި އުސޫލަކީ ވަކި ބަޔަކު ގޯސްތަކެއް ހަދާފަ ހުއްޓަސް، ރަގަޅު ގަވާއިދުތަކާ އުސޫލުތަކާ ގާނޫނުތަކުގެ ތެރޭގަ އޮޕަރޭޓް ކުރަމުން ދިޔަ މީހުންނަށް ދޭން ޖެހޭ ހިދުމަތްތައް ހުއްޓާލެވިފަ އޮވެގެން ނުވާނެ“ މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކުރިޔަށް އޮތް ވިހި ވަރަކަށް ދުވަސްތެރޭގައި ގޯސްތަށް ހަދާފައިވާ ޑޮމެއިންތަށް ނިޒާމުގެތެރެއަށް ވެއްދުމަށް ހުށައެޅުމަށް ހުޅުވާލާނެ ކަމަށާއި އަތުގައި ހުރި ޑޮމެއިންގެ ލިޔެކިޔުންތަކާ އެކު ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށައެޅުމުން އެ ޑޮމެއިންތަށް ސައްހަ ޑޮމެއިންއަށް ބަދަލު ކޮއްދޭމެ ކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *