ސްމާޓް މީޓަރު މެދުވެރިކޮށް ވަގުތުން ކޮންމެ ގަޑިއަކުވެސް ބިލަށް އަރާފައިވާ މިންވަރު ބެލޭނެގޮތް ހެދުމަށް މަސައްކަތް ކުރާކަމަށް ފެނަކައިން ބުނެފި އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ސްމާޓް މީޓަރު ޕްރޮޖެކްޓް މިހާރު ދ އަތޮޅުގައި ފަށާފައިވާ ކަމަށެވެ.
މާނައަކީ މާދަމާ ނިމޭ އިރު މިހާރު ބިލަށް އަރާފައި އޮތް ވަރު އެނގޭނެ. އޭރަށް އިތުރަށް އިކޮނޮމައިޒް ކުރަން މަގުފަހި ވެގެން ދާނެ،" މުއާޒް ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ މިހާރު ދ. ކުޑަހުވަދޫގައި އެ މަޝްރޫއު އެއްކޮށް ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް އެރަށުގެ ރައްޔިތުންނަށް ލައިވް މީޓަރު މެދުވެރިކޮށް އެދުވަހެއްގެ ބިލް އެދުވަހެއްގަ ވަގުތުން ބެލޭނެ ކަމަށެވެ.
މިދިޔަ މަހު ކަރަންޓް ބިލަށް އެރިވަރު ގިނަވެގެން ވަރަށް ގިނަ އަދަދެއްގެ އާންމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


