Tuesday, 27 October 2026

8 ސަފީރަކަށް މަޖިލީހުން ރުހުން ދީފި

8 ގައުމަކަށް އައްޔަން ކުރަން ނިންމާފައިވާ ސަފީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައިވާ މައްސަލަތައް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަފީރު ކަމަށް ރުހުން ދީފައިވަނީ 8 ބޭފުޅަކަށެވެ. މި ބޭފުޅުންގެ ނަންތއް ދިރާސާކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވެސް ވަނީ ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި ރުހުން ދިން ސަފީރުންނަކީ:

  • ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސެއިން ޝަރީފް
  • އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު
  • އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް
  • ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މައްސޫދު އިމާދް
  • މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު
  • ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ގީލާ އަލީ
  • ޖެނީވާގައި ހުންނަވާ އދ. ގެ އޮފީސްތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ޑރ. ސަލްމާ ރަޝީދު
  • ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ލުވައިޒް

ޔޫއޭއީގެ ސަފީރުުކަމަށް އައްޔަންކުރަން ނިންމަވާފައިވާ މުހައްމަދު ހުސެއިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *