ފުވައްމުލަގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފިއެެވެ.
ރޭ 10:48 ހާއިރު ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ފުވައްމުލަކު މައިމޫނާ ވިލާ ވާދީގެ ކައިރިން ދެ ސައިކަލު ޖެހިގެންނެވެ.
އެކްސިޑެންޓުގައި އަނިޔާވީ ތިން މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން އެކަކަށް ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.


