މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރުނުއިރު ވަނީ މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 އާއި ހަމަޔަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ބުނެފައެވެ.
މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.
ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނާއ ހަމަޔަށްވެސް މެޓުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ އާއި ހަމަޔަށް ޔެލޯ އެލާޓް ނެރެފައެވެ.


