މި މަހު ކަރަންޓް ބިލް ބޮޑުވީ ރާއްޖޭގައި އެކަނި ނޫން ކަމަށާއި، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކަރަންޓް ބިލް ބޮޑުވެފައިވާ ކަމަށް ސްޓެލްކޯގެ މެނޭގިން ޑައިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފޒިހުގައި އޮޓތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ މިމަހު ކަރަންޓް ބިލް ބޮޑުކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި ހޫނު ގަދަވުމުގެ ސަބަބުން ކަަންޓް ބިލް ބޮޑުވީ ރާއްޖޭގައި އެކަނި ނޫންކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
" ރިސާޗް ކޮއްލެއްވިޔަސް އެގިލައްވާނެ، މިއީ ހަމައެކަނި ރާއްޖޭގައި ކަރަންޓް ބިލް ބޮޑުވެގެނެއްނޫން މި އުޅެނީކީ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މޫސިމަށް އައްނަ ބަދަލުތަކުގެ ސަބަބުން ކަރަންޓް ބިލް ގޭސް ފަދަގެ ބިލްތަކަށް ބަދަލު އާދޭ" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ މިދިޔަ ރޯދަމަހު ރައީސްގެ އެދިލެއްވުމުގެ މަތިން ކަރަންޓްބިލުތަކަށް އާންމު މަސްތަކަށްވުރެ ގިނައިން އަރާފައިވާ ބައި ރޯދަ ޑިސްކައުންޓްގެ ގޮތުގައި ބިލުން އުނިކޮއްފައިވާ ކަމަށެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވްމުން ފަހުމީ ވިދާޅުވީ ކަރަންޓް ބިލް ބޮޑުވަނީ ސްޓެލްކޯ ނޫނީ ފެނަކައިން ކުރާ ކަމެއްގެ ސަބަބުން ނޫންކަމަށާއި ބިލުކޮއްފައި ހުންނާނީ ބޭނުންކުރާ ޔުނިޓަށް ކަމަށެވެ. އަދި ބައެއް މަސްތަކުގައި ބިލްތައް ކުޑަވެސްވެފައި ހުންނަކަމަށް ފަހުމީ ވިދާޅުވި އެވެ.


