ސުޕްރީމް ކޯޓުގެ ކުރީގެގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ރައީސް އޮފީހުގެ ލީގަލް ކަައުންސެލާގެ މަގާމަށް، ސްޓޭޓް މިނިސްޓަރުން ފެންވަރުގައި އައްޔަނު ކޮށްފި އެވެ.
ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަޑިޔާރުކަން ކޮށްފައިވާ އަބްދުﷲ ދީދީ އަކީ އަކީ ކޮރަޕްޝަނުގެ ބޮޑު ތުހުމަތެއް ސާބިތުވެ ޖުދީޝަލް ސާވިސް ކޮމިޝަން ފަޑިޔާރު ކަމަުގެ މަގާމުން 2019 ވަނަ އަހަރު ވަކިކޮށްފައިވާ ފަނޑިޔާރެކެވެ. އަދި ޑީޑީ މިމަގާމަށް މިއދު އައްޔަނު ކުރެވުނު އިރު މިހާރުވެސް ޢެމްއެމްޕިއާރުސީގެ ކޮރަޕްޝަނާ ގުޅޭ އޭނާގެ މައްސަލައެއްެ ޕީޖީގައި އެބައޮތެވެ.
އަބްދުﷲ ދީދީގެ މައްސަލަތަކެއް ޖެއެސްސީއަށް ހުށައަޅައިގެން ބަލަން ފެށީ 2018 ވަނަ އަހަރުގެ ރިޔަސީ އިންތިހަބު ކުރީގެ ރައީސް އިބުރާހިމް މުޙައްމަދު ސޯލިހު ކާމިޔާބު ކުރުމަށްފަހު އެ ސަރުކާރުގެ ޅަފަތުގެ ދުވަސްވަރުގަ އެވެ. އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގެނައީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު އަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ޔާމީންއާ ދެކޮޅަށް ނެރުނު ކޯޓުއަމުރުގެ މައްސަލަ ގޯސްވެ 2 ފަނޑިޔާރެއްގެ މަގާމު ހުސްވުމުންނެވެ.
މިއދު ސްޓޭޓް މިނިސްޓަރު ފެންވަރު އައްޔަނު ކުރެވުނު އަބްދުއްﷲ ދީދީ ކުރީގެ ރައީސް ޔާމީންގެ ފަހު އަހަރު ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް އައްޔަން ކުރުމަށްފަހު 2019 ވަނަ އަހަރު އޭނާގެ މައްސަލަ މަޖިލީހަށް ފޮނުވާ 72 މެމްބަރުންގެ ވޯޓުން އެމަނިކުފާނު ވަނީ ފަޑިޔާރުކަމުން ވަކިކޮށްފައެވެ. މިހާތަންށް ސުޕްރީމް ކޯޓުގެ ފަޑިޔާރެއް މަޖިލީހުން ވަކިކޮށްފައިވާ ހަމައެކަނި ފަޑިޔާރަކީ ވެސް އަބްދުﷲ ދީދީ އެވެ.
އެމަނިކުފާނަށް ކުރާ ތުހުމަތަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ވަކި ބަޔަކައް މަންފާ ވާގޮތައް ރިޝްވަތު ނަގައިގެން ވަކި މީހަކުބުނި ގޮތަކަށް މައްސަލަ ނިންމުމަށް ދިން ފައިސާ އަބްދުﷲ ދީދީއަށް ވެސް ލިބިފައިވާ ކަމުގެ ތުހުމަތެވެ. ނަމަވެސް އެމނިކުފާނު ވަނީ އެކަހަލަ ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރާކަމަށް ވިދާޅުވެ ތުހުމަތުތައް ދޮގުކުރުމަށް ފަހު މިދިޔަ އެމްޑީޕީ ވެރިކަން ނިމެންދެން މެލޭޝިއާގައި ދިރިއުޅުއްވާފައެވެ


