ކުރީގެ ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފް ހުކުމް ކުރުން މިއަދު ހައި ކޯޓުގައި ބޭއްވުމަށް އެކޯޓުން ތާވަލްކޮއްފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ނެގުމާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެށް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށައަޅާފަވާ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ ހައިކޯޓްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އާރަށުގެ މި މައްސަލައިގާ ފެލިދޫ ދާއިރާގެ ކުރީގެ ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ ވަނީ 3 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮއްފައެވެ.
މުރުތަބަރު މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި މި ޝަރީއަތް އޮތީ މިއަދު މެންދުރު 13:15 ގައެވެ.
ކުރީގެ ރައީސް ޔާމީންގެގެ ފަރާތުން އިސްތިއުނާފްކުރުމަށްލީ މި މައްސަލައިގެ ހުރިހާ އަޑުއެހުމެއް ނިމިފައި އޮންނަތާ މަސްތަކެއް ފާއިތުވެއްޖެއެވެ. އަދި ހުކުމްނުކޮއް ލަސްކުރާތީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމާއި އެމަނިކުފާނަށް ތައީދު ކުރާ މީހުންދަނީ ވަރަށް ބޮޑަށް މި ސަރުކާރަށް ފާޑުކިޔާ ކަން ބޮޑުވުން ފާޅުކުރަމުންނެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ޔާމީންއަށް ޖަލުހުކުމެއް ކޮއްފައި ހުރިނަމަވެސް މިދިޔަ އޮކްޓޫބަރު މަހު ރައީސް މުއިއްޒުގެ އެދުމުގެ މަތިން އޭރު ހިއްނެވި ރައީސް ސޯލިހު ވަނީ ޔާމީން ގެ އަށް ބަދަލުކޮއްފަ އެވެ.


