Tuesday, 27 October 2026

ޖަލްސާ ބާއްވަން މަސައްކަތް ކުރީ ހުއްދައާއެކު ގާނޫނުގެ ތެރެއިން – މަލީހު

ޕީއެންއެފް އުފެއްދުމަށް ބާއްވަން މަސައްކަތްކުރި ޙާއްސަ ޖަލްސާ ބާއްވަން ޢިޔާސުއްދީން ސުކޫލައް މީހުންނަށް ދައުވަތު ދީގެން ގެނައީ ހުއްދަ ހޯދައި އެކަމަށް ފައިސާވެސް ދައްކާފައި ކަމަށް ޕީއެންއެފްގެ އިސް ބޭފުޅެއް ކަމަށްވާ މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު ވިދާޅުވީ ޖަލްސާ ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަންއިން ނަގަންޖެެހޭ ހުއްދަނެގުމަށް ފޮނުވުމުން އެބޭފުޅުން ގާނޫނާ ހަވާލާދީ ދީފައިވާ ހުއްދައިގެ މަތިން ޕީއެންއެފްއިންް ޢިޔާސުއްދީން ސުކޫލާއި ޕީއެންއެފް އާއި މެދު އެއްބަސްވުމެއްގެ ދަށުން ޖަލްސާބާއްވަން ހޯލް ވާނީ ގާނޫނާ އެ ސުކޫލުގެ ގަވައިދާ އެއްގޮތައް ހޯދާފައިވާ ކަމަށެވެ.

މަލީހު އިތުރަށް ވިދާޅުވީ އެބޭފުޅުން ޕާޓީ ހުޅުވުމުގެ ޖަލްސާ ރޭގައި ބޭއްވުމައްޓަކައި މާލެއިން 300 މީހުންގެ ޖާގައިގެތަނެއް ހޯދުމައް ކުރިމަސައްކަތް ކޮއް ކާނިވާ ވެސް ހޯދަން އުޅެ ސަރުކާރުން އެތަން ވެސް ދީފައިނުވާ ކަމަށެވެ.

އެހެންސް މިރޭގެ މި ޖަލްސާއަކީ ދެވަން ފަހަރައް ހުއްދައައް އެދުމުން އިލެކްޝަން ކޮމިޝަންއިން ހުއްދަދީ ލިޔުން ފޮނުވާ އަދި ޖަލްސާގައި އިލެކްޝަން ކޮމިޝަންގެ ބޭފުޅެއް ބައިވެރިވާނެ ކަމުގެ ޔަގީންކަންވެސް ދީފައިވާ ޖަލްސާއެއްކަމަށެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *