Tuesday, 28 July 2026

ޕީއެންއެފް އުފައްދަން ބާއްވާ ޔާމީން ބައިވެރިވާ ހާއްސަ ޖަލްސާ މިރޭ

ޕީޕަލްސް ނެޝިނަލް ފްރޮންޓް  އުފެއްދުމަށް ބާއްވާ ޙާއްސަ ޖަލްސާ މިރޭ ޣިޔާސުއްދީން ސުކޫލްގައި ބޭއްވުމައްވަނީ ހަމަޖެހިފައިކަން އެޕާޓީއިން ކަށަވަރު ކޮށްދީފިއެވެ.

ޕީއެންއެފުން ވަނީ އެޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ޕާޓީގެ އެންމެ އިސްވެރިޔާ ކުރީގެ ރައީސް އަބްްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ޕީއެންއެފްއިން ވަނީ މި ޙާއްސަ ޖަލްސާއްށް ވަޑައިގެންދެއްވުން އެދި މީޑިއާތަކާއި އިތުރުން ޕާޓީގެ މެމްބަރުންނަށް ދަޢުވަތު އަރުވާފަ އެވެ.

ޕީއެންއެފް އުފެއްދުމުގެ މި ޖަލްސާ ބޭއްވުމައްޓަކައި އެޕާޓީއިން ވަނީ ކުރިންސުރެ ފެށިގެން ވަރަށް ބޮޑަށް ތައްޔާރުވާން ފަށާފައެވެ

އެގޮތުން ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރާއީސް ޔާމީން އެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަކަށް ކަރެކްޝަންގައި އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ އެދިފަ އެވެ.

އިދާރާތަކުން އެއްބާރުލުން ނުލިބުމުގެ ސަބަބުން މީގެ ކުރިން ވެސް މި ޖަލްސާވަނީ ފަސްކޮށްފައެވެ. ޕީއެންއެފަށް ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންވާ އަދަދު ކަމަށްވާ 3000 ތިން ހާސް މެމްބަރުން ހަމަވެގެން ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދިނީ މިދިޔަަ ބުރާސްފަތި ދުވަހު އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *