Tuesday, 28 July 2026

ޢީދުގެ އުފާ ފާޅުކުރުމުގައި ހައްދުފަހަނައަޅާ ނުގޮސް އިސްލާމީ ރިވެތި ގޮތުގައި ފާހަގަ ކުރައްވާ – ހުތުބާ

ފިތުރު ޢީދުގެ އުފާ ފާޅުކުރުމުގައި ހައްދު ފަހަނަ އަޅާނުދިއުމަށާއި އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ތިބުމަށާއި، ރަމަޟާން މަހުގައި ކުރި އަޅުކަންތައް ގަބޫލު ކުރެއްވުން އެދި ﷲ އަށް ދުޢާ ކުރުމަށް ފިތުރު ޢީދުގެ ހުތުބާގައި ގޮވާލައިފިއެވެ.

އުފާވެރި ޢީދު ދުވަހުގެ ހުތުބާގައި ވަނީ ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް ޢީބަބުނުމާއި، ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ރާއްޖޭގައި ޒަމާނުންސުރެ އޮންނަ ރިވެތި އިސްލާމީ އުޙުވަތްތެރިކަމާއި ރިވެތި އަހުލާގު ނެތިގެންދިޔަ ނުދިނުމަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެފަ އެވެ. އަދި ހުތުބާގައި ވަނީ އިޖުތިމާއީ ފޭރޭން ރަނގަޅުކުރުމަކީ މުޖުތަމައުގެ އަމާންކަމާއި ފާގަތިކަން އިތުރުވާނެ ކަމެއް ކަމަށް ބުނެފައެވެ.

ޢީދުގެ އެންމެ މުހިއްމު އެއް ބޭނުމަކީވެސް މުޖުތަމައުގެ ފަރުދުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުން ވަރުގަދަކުރުން ކަމާއި ދުލުގެ ޢާފާތުގެ ޝިކާރައަކަށްވެ ޢީބަ ބުނުމާއި ދެބައޮޑުވުމާއި ދޮގު ހެކި ދިނުންފަދަ ނުބައިކަންކަމުން ރައްކާތެރި ވުމަށް ހުތުބާގައި ގޮވާލާފައެވެ.

އަދި ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާންކޮށް އުފާ ފާޅުކުރަމުންދާ މި މުނާސަބަތުގައި ފަލަސްތީނުގެ ބިމުގައި ހާލުގައި ޖެހި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ މުސްލިމު އަހުންނާއި އުހުތުން މަތިން ހަނދާން ނައްތާ ނުލުމަށް ވަނީ ހުތުބާގައި ނަސޭހަތްތެރި ވެފައެވެ.

"ރަމަޞާންމަހުގެ ހެޔޮ އަޅުކަމުގެ ތަމްރީންއަށް ފަހު މިހާރު އަޅުގަނޑުމެން މިތިބީ އީމާންކަން އިތުރުވެ އޅުކަންތައް ގާއިމް ކުރުމުގައި ފަރިތަވެފަ" ހުތުބާ

ރަމަޞާންމަސް ނިމުނުކަމުގައި ވިޔަސް މި ގޮތުގެ މަތީގައި ގައިދެމިތިބޭ ހެޔޮ ބަޔަކަށް ވުމަށްވަނީ މިއަދުގެ ހުތުބާގައި ވަރަށް ބޮޑަށް އިރުޝާދުދެއްވާފަ އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *