ރާއްޖޭގައިި ބަލި މީހުނަަށް ދޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަންކަން ކަށަވަރު ކުރާނެ ނިޒާމެއް މިހާރުވާނީ ގާއިމް ކޮށްފައިކަމަށް ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން މިނިސްޓަރ ޑރ. ޚަލީލް ދެއްވި ޚިތާބުގައި ވިދާޅުވީ، ސިއްޙީ ފަރުވާގެ އެންމެ މުހިންމު އެކައްޗަކީ ފަރުވާއަށް ދެވޭ ބޭސް ކަމަށާއި، ރާއްޖޭގައި ދެވޭ ބޭހަކީ ޞައްޙަ އަދި ފެންވަރު ރަނގަޅު ބޭސްކަމުގައި ކަށަވަރު ކުރުވޭނެ ނިޒާމެއް މިހާރު މިވަނީ ޤާއިމްކުރެވިފައިވާ ކަމަށެވެ.
”ސިއްޙީ ފަރުވާގެ އެންމެ މުހިންމު އެއް ބަޔަކީ ފަރުވާއަށް ދެވޭ ބޭސް. ރާއްޖޭގަ ދެވޭ ބޭހަކީ ސައްޙަ އަދި ފެންވަރު ރަނގަޅު ބޭސްކަމުގައި ކަށަވަރު ކުރެވޭނެ ނިޒާމެއް މިހާރު މިވަނީ ޤާއިމުކުރެވިފަ. އަދި ހަމައެފަދައިން ރައްޔިތުންނަށް ބޭނުންވާނެ ބޭސް މެދުކެނޑުމެއް ނެތި ގާތުން ލިބެން ހުންނާނެ އިތުބާރު ހުރި ނިޒާމެއްވެސް މިވަނީ ޤާއިމުކުރެވިފަ“ ހަލީލް ވިދާޅުވި އެވެ.
މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ބޭހުގެ ކޮލިޓީ މަތިކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި އެގޮތުން، މި މައްސަލަ ހައްލު ކުރުމަށް މިނިސްޓްރީން ވަނީ ދިރާސާއެއްވެސް ހަދާފަ އެވެ.


