Monday, 26 October 2026

އިންޑިއާއިން މަލިކުގައި އަސްކަރީ ބޭސްއެއް ޤާއިމްކުރަނީ

ލަކްޝަދީބް އައިލެންޑްސްގެ ސެކިއުރިޓީ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން މަލިކުގައި އާ އަސްކަރީ ބޭސްއެއް ޤާއިމްކުރުމަށް ނިންމައިފި އެވެ.

އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއާ ހަވާލާދީ އެ ޤައުމުގެ ބައެއް މީޑިޔާތަކުން ވަނީ އައިއެންއެސް ޖަޓަޔޫގެ ގޮތުގައި ނޭވަލް ޑިޓެޗްމަންޓް މިނިކޮއި ކޮމިޝަން ކުރުން އޮންނާނީ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް އާރް ހަރީ ކުމާރުގެ ހާޒިރުގައި މިމަހު 6 ވަނަ ދުވަހުގައި ކަމަށް ރިޕޯޓުކޮށްފައެވެ. މިނިކޮއި ނުވަތަ މަލިކު އަކީ އެންމެ ދެކުނުގައި އޮންނަ ލަކްޝަދީބުގެ ރަށެކެވެ.

އެނގިފައިވާ ގޮތުގައި އެ ކަނޑުގެ މި އަސްކަރީ ބޭސް ދިގު މުއްދަތަކަށް ފުޅާކޮށް އެއާކްރާފްޓް ކެރިއަރުތައް އޮޕަރޭޓް ކުރުމުގެ ގާބިލްކަން ލިބިފައިވާ ބޮޑު ބޭސްއަކަށް ބަދަލުކުރާނެއެވެ.

ނޭވީގެ ތަރުޖަމާނާއި ހަވާލާދީ ދަ ހިންދޫ ބިޒްނަސް ލައިން އިން ވަނީ ނޭވަލް ޑިޓެޗްމަންޓް މިނިކޮއި އަކީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު ނޭވަލް އޮފިސަރު އިންޗާޖް (ލަކްޝަދީބް) ގެ އޮޕަރޭޝަނަލް ކޮމާންޑްގެ ދަށުން އުފައްދާފައިވާ އުޅަނދެއް ކަމަށް ބުނެފައެވެ

މިކަމަށް ބޭނުންވާ ވަސީލަތްތަކާއެކު މިނިވަން ނޭވަލް ޔުނިޓެއް ބިނާކުރުމުގެ ސަބަބުން އިންޑިޔާގެ ކަނޑުގެ އަސްކަރިއްޔާގެ މުޅި އޮޕަރޭޝަނަލް ކެޕޭސިޓީ ރަށްރަށުގައި އިތުރުވެގެންދާނެކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. މި ބޭސްގެ ސަބަބުން އޮޕަރޭޝަނަލް ރީޗް އިތުރުވެ، ހުޅަނގު އަރަބި ކަނޑުގައި ކަނޑުފޭރުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ކުރަމުންދާ އޮޕަރޭޝަނަލް މަސައްކަތްތަކަށް މަގުފަހިވެގެންދާނެކަމަށް ވެސް ބުނެފައި ވެއެވެ.

އައިއެންއެސް ޖަޓަޔޫ އަކީ ކަވަރައްޓީގެ އައިއެންއެސް ދުވީޕްރަކްޝަކަށް ފަހު ލަކްޝަދީބުގައި ހުންނަ ދެވަނަ ނޭވަލް ބޭސް އެވެ. "އައިއެންއެސް ޖަޓަޔޫ ގެ މަސައްކަތް ފެށުމާއެކު، ލަކްޝަދީބުގެ ރަށްތަކުގައި އިންޑިޔާގެ ކަނޑުގެ އަސްކަރިއްޔާގެ ފައިތިލަ ވަރުގަދަވެ، އޮޕަރޭޝަނަލް ސަވައިލެންސް އާއި މުއްސަނދި އަދި ދިރިއުޅުމުގެ ކަންކަން އިތުރަށް ފުޅާވެ، ޖަޒީރާ ސަރަހައްދުތަކުގެ ކެޕޭސިޓީ އަދި ފުޅާ ދާއިރާއެއްގައި ތަރައްގީކުރުމުގެ އާ ޒަމާނެއް ފެށޭނެކަމަށް ނޭވީގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *