މާލެސިޓީ މޭޔަރުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭން ލޯންޗް ކުރުމަށް ބާއްވާ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މާލެސިޓޫ މޭޔަރު ކަމަށް އަދި ކައުްނސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަޏީ މިރޭ 08:30 ގައި އެމްޑީޕީ ސޯސަން ޖަގަހައިގައެވެ.
މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމް އަންނަނީ މާލޭގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ދޮރުން ދޮރަށް ހިނގުމާއި، މާލޭގެ ރައްޔިތުންނާ އަންނަނީ ބައްދަލުކުރައްވަމުންނެވެ.
އާޒިމްގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި އާޒިމާ ޝުކޫރު، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހުއެވެ.
މާލެސިޓީގެ މޭޔަރުގެ އިންތިހާބު އަދި ހުސްވެފައިވާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ.


