އައްޑޫ، ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ވިދާޅުވީ، ރޭގެ ވަގުތެއްގައި ހިތަދޫގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްވި 30 އަހަރުގެ ދިވެހި ފިރިހެނަކު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުނެ އެވެ.


