Tuesday, 28 July 2026

މުއިއްޒު ހުވާކުރައްވާ ހަފުލާއަށް 3500 މީހުންނަށް ދައުވަތު ފޮނުވަނީ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ހަފުލާއަށް ވަޑައިގަތުމަށްޓަކައި 3،500 މީހުންނަށް ދައުވަތު ފޮނުވަން ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއުއާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ވަނީ ރާއްޖެއިން ބޭރުގެ އެކި ބޭފުޅުންނާއި، ރާއްޖޭގެ އެކި ބޭފުޅުން ހިމެނޭކަމަށް ރިޕޯޓުކޮށްފަ އެވެ.

ޑރ. މުއިއްޒު ހުވާ ކުރައްވާ ހަފުލާއަށް ތިން ގައުމެއްގެ ވެރިން ވަޑައިގަންނަވާނެކަން ވެސް ވަނީ އަންގައިފައެވެ. ނަމަވެސް ޔަގީންވާނީ ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެހި، އެ ބޭފުޅުންނަށް އޮންނަ އިންތިޒާމުތައް ނިމުމުންކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެނގިފައިވާގޮތުގައި އިންތިޒާމުތައް ހަމަޖެހިފައި އޮތް ގޮތުން އަދި އާންމު ރައްޔިތުންނަށް އެ ހަފުލާގައި ބައިވެރިއެއް ނުވެއެވެ.

ޑރ. މުއިއްޒު ހުވާ ކުރައްވާ ހަފުލާ އޮންނާނީ އަންނަ މަހުގެ 17ވަނަ ދުވަހެވެ. އެ ހަފުލާ ބާއްވަން ހަމަޖެހިފައި އޮތީ ޖުމްހޫރީ މައިދާނުގައެވެ.

ހުވާކުރެއްވުމުގެ އިންތިޒާމުތައް ހަމަޖައްސާނީ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲގެ މަޝްވަރާއާއެކު ރައްޔިތުންގެ މަޖިލީހުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *