Tuesday, 28 July 2026

އާބަންކޯ އިން އިންތިޒާމުކޮށްގެން ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމުގެ ހަރަކާތްތަކެއް

އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާބަންކޯ އިން އިންތިޒާމުކޮށްގެން މި ހަފްތާ ބަންދުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މި ހަފުތާ ބަންދުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައި ދީނީ އިލްމުވެރިންނާއެކު، "ފަލަސްތީނުގެ ހާލަތާއިމެދު" މި މައުލޫއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މަމްސް އެންޖީއޯގެ ފަރާތުންވެސް ވަނީ ފަންޑް ރައިޒިން ޕްރޮގްރާމެއް ހިންގުމަށް ނިންމާފައެވެ. މި އިވެންޓު ބާއްވަން ހަމަޖެހިފައިވަނީ ހިޔާ ސަރަހައްދުގައެވެ.

އަދި ކޭކް ޑޯނާރސް އިން 28،29،އަދި 30 އޮކްޓޯބަރ ގައި ބެއްވުމަށް ހަމަ ޖެހިފައިވާ ފަންޑް ރައިޒިންގް އިވެންޓްގައި ވެސް އާބަންކޯގެ އެހީތެރިކަން ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ފަލަސްތީނަށްއެހީވުމަށް އާންމު ދިވެހިން އިސްނަގައިގެން އަދި އެކި ޖަމްއިއްޔާ ތަކުން ގުޅިގެން ވެސް ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ. ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހިންގެ ފަރާތުން 2 މިލިއަން މަސްދަޅު ހަދިޔާ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *