Monday, 26 October 2026

ގައުމީ އެމްބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދަށް ތައާރަފްކޮށްފި

ސިއްހީ ދާއިރާއިންދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ގައުމީ އެމްބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދަށް ތައާރަފްކޮށްފި އެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ މިއީ ސިއްހީ ނިޒާމު ފުރިހަމަ ކުރުމަށް މުހިންމު ހިދުމަތެއް ކަމާށެވެ. އަދި މިއީ މާޒީގައި ހިނގާފައިވާ ހާދިސާތައް ތަކުރާރުވިޔަނުދީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ލިބެންޖެހޭ ހިދުމަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ އެންބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދުގައި ދިނުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމުކޮށް މިކަމަށް ހާއްސަ ނަންބަރެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. މިގޮތުން ކަނޑައަޅާފައިވާ ނަންބަރަކީ "100″ އެވެ.

މިނިސްޓަރު ނަސީމްވަނީ މި ހިދުމަތުގެ ސަބަބުން ހޮސްޕިޓަލް ތަކަށް ލުއިވެގެންދާނެކަމަށް ވިދާޅުވެފަ އެވެ. އަދި މިހިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަގުސަދަކީ މެޑިކަލް އެމަޖެންސީތަކާއި އެކްސިޑެންޓްތަކުގައި އަވަހަށް އެޓެންޑްވެ ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއާގެ ހިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *