Tuesday, 28 July 2026

ރަކީދޫގައި 15 އަހަރު ފަހުން ތިން ކުދިންނާ އެކު ކިޔަވައިދޭން ފަށައިފި

ވ. ރަކީދޫ ސެޓެލައިޓް ސްކޫލުގައި އިއްޔެ ކިޔަވައިދޭން ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރަކީދޫ ސުކޫލުގައި ކިޔަވައިދޭން ފެށުމާ އެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިހާރު ކިޔަވައިދޭނެ ސްކޫލުތައް ހުންނާނެ ކަމަށެވެ.

އޮގަސްޓު މަހު ފެށި ދިރާސީ އާ އަހަރާ އެކު ރަކީދޫ ސެޓެލައިޓް ސްކޫލްގައި ކިޔަވައިދޭން ނުފެށުނީ ސްކޫލަށް ވަންނަން ހުށަހެޅި ކުދިންގެ އުމުރު ހަމަނުވާތީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު ވ. އަތޮޅު ކައުންސިލުން ކުރިން އޭރު ބުނެފައިވަނީ އުމުރު ހަމަވާ ހަތަރު ކުއްޖަކު ފުރުސަތު ނުލިބި އެބަތިބި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހަ ރަށެއްގައި ސެޓްލައިޓް ސުކޫލް ގާއިމުކޮށްފަ އެވެ. އެއީ ވ. ރަކީދޫގެ އިތުރުން ބ. ފެހެންދޫ، ބ. ފުޅަދޫ، ވ. ތިނަދޫ، އދ. ދިއްދޫ އަދި ގއ. ކޮނޑޭ އެވެ.

މި އަހަރުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކް ބަންދަށް ފަހު ސްކޫލުތަކުގެ ކިޔެވުން އިއްޔެ ފެށިއިރު ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމަށް އިއްޔެވަނީ ކިޔަވައިދޭން ފަށާފަ އެވެ. އެ ސްކޫލުގައި ކިޔަވަން ފެށީ ތިން ދަރިވަރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *