ފޭސް-2ގައި ހުންނަ ހިޔާ ފްލެޓްތަކުގެ ހަ ވަނަ ޓަވަރުގެ މަތީ ފްލޯއަކުން ކުއްޖަކު ވެއްޓިއްޖެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާ މިހާރުވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ވެއްޓުނު ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމށް މަންޒަރު ދުށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
މި ކުއްޖާ ވެއްޓުނީ 6 ވަނަ ޓަވަރުގެ 12 ވަނަ ފްލޯއިންނެވެ. ފުލުހުން ވަނީ މިކަން ޔަގީންކޮށްދީ މައްސަލަ ބަލަމުންދާކަމަށް ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި ވެއްޓިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.


